ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގއ.ގެމަނަފުށްޓަށް ވަޑައިގެންފިއެވެ،

ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށްޓަށް ވަޑައިގަތީ، އެރަށުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައީސް ޞާލިޙް ގެމަނަފުށްޓަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ޞާލިޙް ވަނީ މިއަދު ހަވީރު ގެމަނަފުށީ ދަނޑުވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެން އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެއެވެ. އެ ރަސްމިއްޔާތަށްފަހު ގެމަނަފުށީ މަސްވެރިންނާއި އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މަސްވެރިންގެ ހަވީރާއި މަސްވެރިންގެ ފޯރަމަކާއި، ކާބޯތަކެތީގެ މައުރަޒެއް މި ދުވަހާއި ގުޅިގެން ވަނީ ބާއްވާފައެވެ. މީގެ އިތުރުންވެސް މަސްވެރިކަމާ ގުޅޭ ގިނަ ހަރަކާތްތަކެއް މާދަމާގެ ނިޔަލަށް ގެމަނަފުށީގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.