ޚަބަރު

އުރީދޫ މަސްވެރިންގެ ޕެކޭޖް - މަސްވެރިންގެ މަސައްކަތަށް އިތުރު ލުޔެއް


މަސްވެރިން، މަސްވެރިންނަށް ހިލޭ ގުޅާލެވޭ "މަސްވެރިންގެ ޕެކޭޖް" އުރީދޫއިން ތަޢާރަފްކޮށްފިއެވެ.

މި ޕެކޭޖް ތައާރަފްކޮށްފައިވަނީ މަސްވެރީންގެ ދުވަސް ފާހަގަކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދާއި، އުރީދޫގެ ރީޖަނަލް މެނޭޖަރ ސޭލްސް، އަބްދުއްލާ ސައީދުއެވެ.

އުރީދޫން ބުނީ މި ޕެކޭޖު ފަރުމާ ކޮށްފައިވަނީ، މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށްކަމަށެވެ. އެގޮތުން ޕެކޭޖް މެދުވެރިކޮށް ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫން ބުނެއެވެ.

މި ޕެކޭޖުތައް މެދުވެރިކޮށް ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބަރ އަދި ޓްވިޓަރ ލިބިގެންދާނެއެވެ. އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސް.އެމް.އެސް ވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.

ކޮންމެ މަސްވެރިއަކަށް ލިބޭ 4 ޢަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ މަސްވެރިން އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލެވޭނެއެވެ.

މި ޕެކޭޖް ބޭނުންކުރާ ކޮންމެ މަސްވެރިޔަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުން އެކަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ، ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއްކަމަށެވެ. މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާ އާއި ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭކަމަށާއި، އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާއި ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.