ޚަބަރު

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރަށް ޝާޙު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕްރަވެޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ސ. މަރަދޫފޭދޫ، ބަގީޗާގެ ޙަސަން ޝާޙު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ހަސަން ޝާހަކީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެވެ.

އެމްޓީސީސީއަކީ ރައްޔިތުންނާ ސަރުކާރު ޙިއްސާވާ ކުންފުންޏެކެވެ.