ޚަބަރު

ހުރިހާ މިސްކިތްތައް އޭސީކުރުމަށް ސާރވޭ ކުރަން ފަށައިފި


އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އެއަރ ކޮންޑިޝަން ކުރުމުގެ މަޝްރޫޢު ފެށުމަށް ސާރވޭ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމިކް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ރާއްޖޭގެ ގިނަ މިސްކިތްތަކެއް މިހާރު އޭސީކޮށްފައިވާ ކަމަށާއި އޭސީ ނުކޮށް ހުރި މިސްކިތްތައް ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ މިސްކިތްތައް ހެދިފައި ހުންނަނީ ވަރަށް ބޮޑަށް ހުޅުވާލެވިގެން،ވައި ވަންނަ ގޮތަށް. މިމަސައްކަތް ކުރާއިރު ސާރވޭ ހަދަން އެބަޖެހޭ ކިހިނެއްތޯ ރަނގަޅަށް އޭސީ ހަރުކުރާނީ. މިމަސައްކަތް ވަރަށް އަވަހަށް ފެށޭނެ.'' އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތައް އޭސީ ކުރުމާ ގުޅޭގޮތުން ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާކުރަމުން ދާކަމަށެވެ.