ޚަބަރު

ހދ. ގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ ހިންގުން އެއްއުސޫލަކަށް


އަންނަ ފެބްރުއަރީ
އެއްވަނަ ދުވަހުން ފެށިގެން ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކެއް
އިދާރީ ގޮތުން އެއް އުސޫލަކުން ހިންގުމަށް އެއަތޮޅު ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ކައުންސިލްތައް އެއް
އުޞޫލަކުން ހިންގުމަށް ޓަކައި އަތޮޅު ކައުންސިލުން އެކުލަވާލައިފައިވާ ދެލި
ކޮޕީއަށް ޚިޔާލު ހުށަހަޅައި، މަޝްވަރާ ކުރުމަށް ޓަކައި ކައުންސިލް ތަކުގެ
އިސްވެރިންނާއެކު މިމަހުގެ ތޭރައިން ސާދައަށް ކުރިއަށް ގެންދިއަ މަޝްވަރާ
ބައްދަލުވުމުގެ ތެރެއިންނެވެ. މިބައްދަލުވުމުގެ ތެރެއިން އެކި ކައުންސިލްތަކުގެ
ތަޖުރިބާއާއި، އަމަލު ކުރެވެމުންދާ ގޮތްތަކުގެ އިތުރުން ދިމާވާ ދަތިތައް ހިއްސާ
ކުރެވިގެން ދިޔަކަމަށް އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބްދުލް މުހައިމިން
މަޢުލޫމާތު ދެއްވިއެވެ.މުހައިމިން ވިދާޅުވީ
މީގެ އިތުރުންވެސް މަރުކަޒީ ނިޒާމާއި، ސިވިލް ސަރވިސް ޤަވާއިދާއި، ފައިސާއާ
ގުޅުންހުރި ކަންކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކުގެ އިތުރުން ރަށު
ކައުންސިލް ތަކުގެ އިދާރީ ކަންކަމާއި ހިންގުން ހަރުދަނާ ކުރުމަށް ކުރެވެންހުރި
ކަންކަމާމެދު މިބައްދަލުވުމުގެ ތެރޭ މަޢުލޫމާތުދީ، މަޝްވަރާ ކުރެވިފައި ވާކަމަށް. ތިލަދުންމަތީ
ދެކުނުބުރީގައި ޖުމްލަ ތޭރަ ރަށުކައުންސިލް ހިންގަމުން ގެންދެއެވެ.