ޚަބަރު

ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ސަމީރު ހެނބަދޫއަށް


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞާ މަންދޫބެއްގެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ނ. ހެނބަދޫއަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރަކު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ސަމީރު ހެނބަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ހެނބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ސަމީރު ހެނބަދޫއަށް ވަޑައިގެންފައިވާއިރު، ރައީސް މާދަމާ އއ.އަތޮޅުގެ ދެ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.