ވިޔަފާރި

އެއްޤަމު އުޅަނދުތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް އަމާނަ ތަކާފުލްއިން ތައާރަފްކޮށްފި


އެއްޤަމު އުޅަނދުތަކަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުތަކެއް އަމާނަ ތަކާފުލް މޯލްޑިވްސްއިން ތައަރަފްކޮށްފިއެވެ.

މިއީ އަހަރު ނިމުމާއި ދިމާކޮށް އެކުންފުނިން ތައަރަފްކުރާ ޕެކޭޖުތަކެއްކަމަށް އަމާނަ ތަކަފުލް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މިގޮތުން ތައާރަފްކޮށްފައިވަނީ "ތާޑް ޕާޓީ" ޕެކޭޖަކާއި، އުޅަނދު ދުއްވާފައިދަނިކޮށް، ނުވަތަ ޕާކް ކޮއްފައި ހުއްޓާ ދިމާވާ އެކްސިޑެންޓްތަކަށް ބަދަލުދިނުމަށް ހާއްސަ ޕެކޭޖުތަކެކެވެ.

ތާޑް ޕާޓީ އިންޝުއަރެންސް ޕެކޭޖުތަކަކީ އުޅަނޑު ގެންގުޅޭ ފަރާތުގެ އަތުން އެކްސިޑެންޓެއްވެ ގެއްލުން ލިބޭ ފަރާތަށް ބަދަލު ދޭން ޖެހިއްޖެ ހާލަތުގައި އެބަދަލު ދިނުމަށް އިންޝުއަރެންސް ކުންފުންޏަކުން ނަގާ ޕެކޭޖެކެވެ.

އަމާނަ ތަކާފުލް މޯލްޑިވްސްއިން ބުނިގޮތުގައި މި ޕެކޭޖުތަކުގެ މަޤްސަދަކީ އާންމު ގޮތެއްގައި އިންޝުއަރެންސްގެ ދަށުން ލިބިގެންދާ ފައިދާތައް އަގުހެޔޮ ކޮށް އާންމުންނަށް ފޯރު ކޮށްދިނުންކަމުގައެވެ.

މިޕެކޭޖުތަކުގެ މައުލޫމަތު އަމާނަ ތަކަފުލްއިން މިމަހުގެ ހަޔަކުން ދިހަޔަކަށް ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.