ޚަބަރު

އެމްއެލްއެސްޑީޕީން 3000 މީހުން ހަމަކޮށް އީސީއަށް ހުށަހަޅައިފި


މޯލްޑިވްސް ލޭބަރ ސޯޝަލް އެންޑް ޑިމޮކްރަޓިކް ޕާޓީ އުފެއްދުމަށް ބޭނުންވާ ޢަދަދަށް އެޕާޓީއަށް މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަބްދުﷲ ހަސީނަށް ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްކޮށް ހުންނަވައިގެން އުފައްދާ މޯލްޑިވްސް ލޭބަރ އެެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެޕާޓިން ހުށަހެޅި ފޯމްތައް ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެމް.އެލް.އެސް.ޑީ.ޕީ އުފެއްދުމުށް ބޭނުންވާ ތިން ޙާސް މީހުންގެ ފޯމު އިލެކްޝަނސް ކޮމިޝަނަށް ހުށައަޅާފައިވާއިރު، އެޕާޓީ ރަޖިސްޓްރީ ކޮށްދޭނީ، ޕާޓީގެ ޢާންމު ޖަލްސާބާއްވާ އަސާސީ ޤަވާއިދު ފާސްކޮށް ހުށައެޅުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ ސޮއި ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި އަދާލަތު ޕާޓީއެވެ.