ޚަބަރު

ހޯރަ އިއްބެ މިނިވަންކޮށްފި


ކުޑަ ކުއްޖަކާ ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން 10 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާޙީމް ހޫދު ވިދާޅުވީ އިބްރާޙީމް ރަޝީދުގެ މައްޗަށް ކޮށްފައިވާ 10 އަހަރު ދުވަހުގެ ޖަލު ޙުކުމްގެ އަދަބު ލުއިކޮށް ދިނުމަށްފަހު އޭނާ މިނިވަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ނިންމެވީ މީގެ ތިން އަހަރުކުރިން އިބްރާޙިމް ރަޝީދު ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިބްރާޙީމް ރަޝީދުގެ މައްޗަށް ކުޑަ ކުއްޖަކާއި އެކު ޖިންސީ ޢަމަލެއް ހިންގިކަން ސާބިތުވުމާއި ގުޅިގެން 2013ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަނިކޮށް ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެއެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރުކޮށްގެން ތަހްޤީގު ކުރިއަށް ދަނިކޮށް ވަނީ އެ އަންހެން ކުއްޖާއާ ކައިވެނިވެސް ކޮށްފައެވެ. އަދި އެ ކައިވެންޏަށް ދަރިއަކުވެސް ވަނީ ލިބިފައެވެ.