ޚަބަރު

ޓެކްސީ ޑްރައިވަރުން އާންމު ޚިދުމަތަށް ނުކުތުމަށް ޓްރާންސްޕޯޓް މިނިސްޓަރ އިލްތިމާސް ކުރައްވައިފި


މާލެއަށް ވިއްސާރަވެ ބޯކޮށް ވާރޭވެހެމުންދާތީ، ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ޓެކްސީ ޕާރކްކޮށްފައި ނުބާއްވާ ޢާންމުންނަށް ޚިދުމަތްދިނުމަށް ނިކުތުމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަޙުލާ އިލްތިމާސްކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ މިކަމަށް އިލްތިމާސްކުރައްވާފައިވާއިރު، މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގާފައި އުޅުމަށް ދަތިވާވަރަށް މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށާއި ފިހާރަތަކަށާއި އާންމު ޚިދުމަތްދޭ ބައެއް ތަންތަނަށްވެސް ވަނީ ފެން ވަދެފައެވެ.

މިނިސްޓަރގެ ޓުވީޓުގައި ވަނީ، މަގުތައް ބޭނުންކުރުމުގައި ދުއްވާ މީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށާއި، ޕާރކްކުރުމުގައި ހުރިހާ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.