ވިޔަފާރި

ދިރާގުން އައު މޮބައިލް ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފި


ރާއްޖޭގައި މިވަގުތު ލިބެން ހުރި އެންމެ ބޮޑު މޮބައިލް ޑޭޓާ ޕްލޭންސް ދިރާގުން އިއްޔެ  ތައާރަފް ކޮށްފިއެވެ.ޕަވަރ އަދި ޕަވަރ ޕްލަސްގެ ނަމުގައި އިއްޔެ ވަނީ ދެ ޕްލޭނެއް ތައާރަފް ކޮށްފައެއެވެ. މިގޮތުން، ޕަވަރ ޑޭޓާ ޕްލޭންސްތަކުގެ ތެރޭގައި ނުވަދިހަ ނުވަ ރުފިޔާއިން ފެށިގެން ނުވަ ސަތޭކަ ސާޅީސް ނުވަ ރުފިޔާއަށް ލިބޭ ޕްލޭންސްތައް ހިމެނޭ އިރު، މިއީ ފަސްސަތޭކަ އެމް.ބީ އިން ފެށިގެން ފަނަރަ ޖީ.ބީއާއި ހަމައަށް ލިބޭ ޕެކޭޖް ޕްލޭންސްތަކެއް ކަމަށް ދިރާގުން ބުނެއެވެ.މިޕްލޭންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދް ޖަލީލް ވިދާޅުވީ، ދިރާގުގެ ތްރީ-ޖީ ނެޓްވަރކް މިހާރު އަޕްގްރޭޑް ކުރެވި، ފާސްޓް ސްޕީޑް އިންޓަރނެޓް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.މީގެ އިތުރުން ކުދި ވިޔަފާރި ތަކަށާއި އެއްފަހަރާ އިންޓަރނެޓް ބޭނުންކުރަންޖެހޭ އިންވެސްޓްތަކަށް ޚާއްސަކޮށްގެން ތައާރަފްކުރި ޕަވަރ ޕްލަސް ޕެކޭޖްގައި 25 ޖީބީއިން ފެށިގެން 100 ޖީބީ އާ ހަމަށް ޑޭޓާ އެލަވަންސް ލިބޭ ހަތަރު ޕެކޭޖެއް ހިމެނެއެވެ. އެއީ ބަރާ ސަތޭކަ ނުވަދިހަ ނުވަ ރުފިޔާއިން ފެށިގެން ދެހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާއާއި ދެމެދުގެ ޕެކޭޖް ތަކެކެވެ.