ވިޔަފާރި

"ފިސާރި ކަނބަލުން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި


ލިޓަސްގެ ފަރާތުން އަންހެނުންނަށް ޚާއްސަކޮށްގެން "ފިސާރި ކަނބަލުން"ގެ ނަމުގައި ސައިކަލު ޕްރޮމޯޝަނެއް ފަށައިފިއެވެ.

3 ޑިސެމްބަރުން ފަށައިގެން 31 ޑިސެމްބަރަށް ކުރިއަށްދާ މިޕްރޮމޯޝަނުގައި ލިޓަސްއިން ސައިކަލު ގަންނަ ކޮންމެ މަންމައަކަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއް ކުއްޖަކު ހުންނަ ފަރާތަކަށް މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭއިރު 2 ކުދިން ނުވަތަ 3 ކުދިން ހުންނަ ފަރާތަކަށް 2500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް ލިޓަސްއިން ބުނެއެވެ. އަދި 4 ކުދިންނާއި 4 ކުދިންނަށް ވުރެ ގިނައިން ހުންނަ މައިންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭއިރު އެކަނިވެރި މައިންނަށް އެއް ހާސް ރުފިޔާގެ ޑިސްކައުންޓެއް ދޭން ވަނީ ހަމަޖެހިފައެވެ.

ލިޓަސް އިން ބުނީ މިފަދަ ޕްރޮމޯޝަނެއް ތަޢާރަފްކުރުމުގެ ބޭނުމަކީ މައިންނަށް ސައިކަލު ލިބުމުގައި ފަސޭހަގޮތެއް މަގުފަހިކޮށްދީ، ދަރިން ބެލުމުގައި އަންހެނުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަނެ މިކަން ފާހަގަކުރުމަށެވެ.

ލިޓަސްއިން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކަސްޓަމަރުން ޝައުޤުވެރިކުރުވާ އެކި ޕްރޮމޯޝަންތައް ތަޢާރަފްކުރަމުން ދާއިރު މިދިޔަމަހު ލިޓަސް އިން ވަނީ ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށާއި ކުޅިވަރު ޓީމުތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަންތަކެއް ބާއްވައިފިއެވެ.