ވިޔަފާރި

ހެޔޮ އަގުތަކާއެކު "އެސްޓާރސް"ގެ އަހަރީ ސޭލް ފަށައިފި


ބޮޑެތި ޑިސްކައުންޓްތަކަކާއެކު "އެސްޓާރސް"ގެ އަހަރީ ސޭލް ފަށައިފިއެވެ.

މިސޭލް ޕްރޮމޯޝަންގައި އެފިހާރައިން އާންމުކޮށް ވިއްކާ ޓީވީ، ފްރިޖް، ފަރުނީޗަރު އަދި އެކި ބާވަތުގެ ބަދިގެ ސާމާނު ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށް އެސްޓާރސްއިން ބުނެއެވެ.

މި ޕްރޮމޯޝަނުގައި އެސްޓާރސްއިން ގިނަ ޕެކޭޖުތަކެއް ތަޢާރަފްކޮށްފައިވާއިރު އޭގެ ތެރޭގައި 50 އިންސައްތައިން ޑިސްކައުންޓް ލިބޭ ޕެކޭޖަކާއި 25 އިންސައްތައިން ޑިސްކައުންޓު ލިބޭ ޕެކޭޖެއް ހިމެނެއެވެ. އެގޮތުން ބަދިގޭގައި ބޭނުންކުރާ އެކި ބާވަތުގެ ތަށްޓާއި ފައިފުހި އަދި އެހެނިހެން ތަކެތި 25 އިންސައްތައާއި 50 އިންސައްތައިގެ ޑިސްކައުންޓެއްގައި ލިބެން ހުންނާނެއެވެ.

މި ސޭލްގެ ދަށުން ޓީވީ، ފްރިޖު، އުނދުން، އަވަން އަދި މިބާވަތުގެ ގިނަ ސާމާނު ހެޔޮ އަގެއްގައި ލިބެން ހުރިއިރު ވަކި ޚާއްސަ ބަންޑަލް ޕެކޭޖެއްގެ ދަށުން ފަރުނީޗަރާއި ބަދިގޭގައި ބޭނުންކުރާ މައިކްރޯވޭވް އަވަނާއި ރައިސް ކުކާ އަދި މިބާވަތުގެ ކަރަންޓު ސާމާނު ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށް އެސްޓާރސްއިން ބުނެއެވެ.

ބޮޑެތި ޑިސްކައުންޓުތަކަކާއެކު ކުރިއަށްދާ މިސޭލުގައި ހެޔޮ އަގެއްގައި ގިނަ ސާމާނުތަކެއް ލިބެން ހުންނައިރު މިއީ ވަކި މުއްދަތެއް ނެތި ކުރިއަށްދާ ޕްރޮމޯޝަނެއްކަމަށް އެސްޓާރސްއިން ބުނެއެވެ.