ތަޢުލީމު

ވަޒީފާގައި ތިބެގެން ޓީޗަރުންނަށް ކިޔެވޭނެ ފުރުސަތުތަކެއް


ވަޒީފާގައި
ތިބެގެން މަތީ ތަޢުލީމު ހާސިލްކުރުމުގެ ސަތޭކަ ފުރުސަތު މުދައްރިސުންނަށް
ހާއްސަކޮށްގެން، މިމަހުގެތެރޭ ހުޅުވާލައްވާނެކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ.
އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ދިރާސީ އާ އަހަރު ފެށުމާއި ގުޅުވައިގެން އެކަމަނާ
ދެއްވި ޚިތާބުގައި ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިއަހަރުގެ ތެރޭ ކުރައްވާނެ
މުހިންމު ކަންތަށް ތަކަށް އަލިއަޅުއްވާ ލައްވަވައި ވާހަކަ ދައްކަވަމުން ވިދާޅުވީ
މި ސަތޭކަ ފުރުސަތަށް ހޮވޭ ކޮންމެ މުދައްރިސަކަށްވެސް މުސާރައާއި އެއްވަރުގެ އެލަވަންސެއް
ދެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން އަމިއްލަ ރަށުގައި ހުރެގެން ތަޢުލީމީ
ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ތަކެއްވެސް މިއަހަރު
ހުޅުވާލެވިގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފުރުސަތު ޓީޗަރުންގެ އިތުރުން
ޕްރިންސިޕަލުންނަށް ވެސް އަމާޒުކުރެވިގެން ދާނެކަމަށް ވަޒީރު އައިޝަތު ޝިހާމް
ވިދާޅުވިއެވެ. މީގެ އިތުރުންވެސް ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ފަންނީ
ތަރައްޤީއަށް މިއަހަރު ކުރެވިގެންދާނެ ގިނަ ކަންތައްތަކެއް މިނިސްޓަރ ގެ
ހިތާބުގައި ފާހަގަ ކުރެއްވިއެވެ.



ދަރިވަރުންގެ
ސަލާމަތާއި ދުޅަހެޔޮކަމާއި ދަރިވަރުންނަށް ސްކޫލްތަކުން ލިބިދެވޭ ފުރުސަތުތަށް
އިތުރުކުރުމަށް މިއަހަރުގެތެރޭ ހިންގުމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމާފައި
ވާ ކަންކަމާއިއެކު، މިހިނގާ އަހަރު ވެގެންދާނީ ތަޢުލީމީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް
ހޯދިގެންދާނެ އަހަރަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މި
ދިރާސީ އަހަރު ފެށުނުއިރު ލިބޭ އެންމެބޮޑު އުފަލަކީ މުދައްރިސުންގެ މުސާރައިގެ
އޮނިގަނޑަށް ސަރުކާރުން ގެނެސްފައި ވާ ހެޔޮބަދަލު ކަމަށެވެ.