ސިޔާސީ

މަޖިލިސް މެންބަރުން އިތުރު ނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި


ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު 85 އަށްވުރެ އިތުރު ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ހުށައެޅި އިސްލާހު މަޖިލިހުން ބޭރުކޮށްލައިފިއެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައި ނުގަތުމަށް 44 މެންބަރުން ވޯޓްދެއްވިއިރު އެ ބިލާއި އެއްކޮޅަށް ވޯޓްދެއްވީ 26 މެންބަރުންނެވެ.

ޤާނޫނު އަސާސީއަށް ޚަލީލު ހުށައެޅި އިސްލާހުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 28 މެއި 2014 ގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެންބަރުން ކަމަށެވެ. އަދި އިންތިހާބީ ދާއިރާތައް ވަކި އިންތިހާބީ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެ ކަމަށާއި މިއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރާނީ އެއް މެންބަރު ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު 85 ވުރެ މަތިނުކުރުމަށް ޚަލީލު އިސްލާހު ހުށައަޅާފައިވަނީ އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދެ ދާއިރާއެއް އިތުރުކުރާނެކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ. އީސީން ބުނީ އިތުރުވާ ދެ ދާއިރާއަކީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.