ޚަބަރު

ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުކަން އައްޔަންކުރައްވައިފި



ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް، ފުވައްމުލަކު މާދަޑު، ވެށި، ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޙަސަނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގެ، މުޙައްމަދު ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް އައްޑުއޮތޮޅު ހިތަދޫ ރަށްދެބައިގެ، ޑޮކްޓަރ ޢަބްދުﷲ ނަޞީރެވެ.
މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.