ޚަބަރު

ބާވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ފަށަނީ


ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން، އަންނަ ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގައި މުޞްޙަފް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން 12 އަށް އަދި މެންދުރު 1 އިން މެންދުރުފަހު 3 އަށް ނައްތާލަން ބޭނުންވާ މުޞްޙަފްތައް ބަލައިގަންނާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ބާވެ ހަލާކުވެފައިވާ މުޞްޙަފްތައް ރައްކާތެރިގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.