މުނިފޫހިފިލުވުން

ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ ނިޒާމެއް 4 ސަރަހައްދެއްގައި


ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ
ނިޒާމެއް ތިލަފުށީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމުކުރުމަށް
ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. މި ނިޒާމް
ޤާއިމުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައިވާ ތިން ސަރަޙައްދަކީ،
ހދ.ކުޅުދުއްފުޓާއި، ރ.ވަންދޫގެ އިތުރުން އައްޑޫ ސިޓީގައެވެ.

އެމް.ބީ.ސީ ނިއުސްއަށް
މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް
މަތީން މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ތިން ހިސާބެއްގައި ކުނި ބޭނުންކޮށްގެން
ހަކަތައާއި ފެން އުފެއްދުމަށް ބޭނުންވާ ދިރާސާ ދެހާސް ސާދަވަނަ އަހަރުގެ ތެރޭގައި
ކޮށްފައިވާކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑުން މިހާރު ހަމަޖެހިފައިވާކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވީ، ރ. ވަންދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް
ޤާއިމުކުރެވިފައިވުމުން، އެ ސެންޓަރުގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމުގެ
ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.

އަދި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައިވެސް ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް
ޤާއިމުކޮށް، ހަކަތަ އުފެއްދުމަށް ބޭނުންވާ ފެސިލިޓީ ޤާއިމުކުރެވިގެންދާނެކަމަށް
މަތީން ވިދާޅުވިއެވެ.