ޚަބަރު

ވަޒީރުންނަށް ރުހުން ދޭން ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ވޯޓަށް އަހަން ފަށައިފިއެވެ. ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގައި ވޯޓަށް އަހަމުން ދަނީ ވަކިވަކިންނެވެ.

  • މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި އަބްދުﷲ ޝާހިދަށް ރުހުން ދިނުމަށް 70 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ރުހުން ދިނުމަށް 68 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ހޯމް އެފައަރޒްގެ މަޤާމަށް އައްޔަންކުރެއްވި އައްޝައިޚް ޢިމްރާން ޢަބްދުﷲ ރުހުން ދިނުމަށް 68 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 1 މެންބަރަކު ވޯޓްދެއްވިއެވެ.
  • މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް އައްޔަންކުރެއްވި އިބްރާހީމް އަމީރު ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު އަސްލަމް ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ މަޤާމަށް އައްޔަންކުރެއްވި ޑޮކްޓަރ އިބްރާހީމް ޙަސަން ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު މަލީޙް ޖަމާލް ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް އައްޔަންކުރެއްވި ޢަބްދުﷲ އަމީން ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޢާއިޝަތު ޢަލީ ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް އައްޔަންކުރެއްވި ޢާއިޝަތު ނަހުލާ ރުހުން ދިނުމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް އައްޔަންކުރެއްވި ޔުމްނާ މައުމޫން ރުހުން ދިނުމަށް 68 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް އައްޔަންކުރެއްވި ޢަލީ ވަޙީދު ރުހުން ދިނުމަށް 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ރުހުން ދިނުމަށް 71 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް އައްޔަންކުރެއްވި ޒަހާ ވަޙީދު ރުހުން ދިނުމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް އައްޔަންކުރެއްވި ޑޮކްޓަރ އަޙްމަދު ޒާހިރު ރުހުން ދިނުމަށް 71 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 1 މެމްބަރަކު ވަނީ ވޯޓްދެއްވާފައެވެ.
  • މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް އައްޔަންކުރެއްވި އާމިނަތު ޢާޠިފާ ރުހުން ދިނުމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް އައްޔަންކުރެއްވި އަޙްމަދު މަޚްލޫފް ރުހުން ދިނުމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް ރުހުން ދިނުމަށް 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންކަމަށް 2 މެމްބަރުން ވަނީ ވޯޓްދެއްވާފައެވެ.
  • މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަޤާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ރުހުން ދިނުމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • އެޓަރނީ ޖެނެރަލް މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ރުހުން ދިނުމަށް 72 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
  • ތަފުސީލު އަންނަނީ ...