ވިޔަފާރި

ރެއިންބޯގެ އަހަރީ ސޭލް ފަށައިފި


ބޮޑެތި ޑިސްކައުންޓްތަކަކާއެކު ރެއިންބޯގެ އަހަރީ ސޭލް ފަށައިފިއެވެ.

މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. މިސޭލް ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑް ވެއަރ، ރެއިންބޯ ޝޮޕް ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިން ސްޓޯރގައި ކުރިއަށްދާއިރު ތިނަދޫގައި ހުންނަ ރެއިންބޯ ފިހާރައިގައިވެސް މިސޭލް ކުރިއަށްދާނެއެވެ.

ރެއިންބޯގެ ޖެނެރެލް މެނޭޖަރ ޢަބްދުﷲ އަސްލަމް ވިދާޅުވީ، މި ސޭލްގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް، އައިފޯނު އެކްސް މެކްސްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ރެއިންބޯއިން ބުނެއެވެ.

ރެއިންބޯއިން ބުނީ މި ސޭލްގައި 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ.