މުނިފޫހިފިލުވުން

މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ އޭކޮން ރާއްޖެ އަތުވެއްޖެ


މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ބާއްވާ
ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން މިއުޒިކް ފެސްޓީވަލްގެ ދެވަނަ ޝޯގައި
ބައިވެރިވުމަށް އެމެރިކާގެ މަޝްޙޫރު ޕޮޕް ލަވަކިޔުންތެރިޔާ އޭކޮން ރާއްޖެ
އަތުވެއްޖެއެވެ. ޓުއަރިޒަމް މިނިސްޓަރ އަޙުމަދު އަދީބްގެ ދައުވަތަކަށް، އޭކޮން
ރާއްޖެ އައިސްފައިމިވަނީ މިއަދު ހެދުނުއެވެ. އޭކަން ރާއްޖެއަށް އައުމުން
މަރުހަބާކިޔާފައިވަނީ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބްއާއި މި ޝޯ އިންތިޒާމް
ކުރުމުގައި ހަރަކާތްތެރިވާ ޗޮޕްއާރޓްގެ ފަރާތުންނެވެ. އޭކޮންގެ އިތުރުން މި ޝޯގައި
ބައިވެރިވެ، ޕަރފޯމް ކުރުމަށް ބޮލީވުޑްގެ ބަޠަލާ ޕްރިޔަންކާ ޗޯޕްރާވެސް މިއަދުގެ
ހަވީރުގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.



މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ބާއްވާ ޓުއަރިސްޓް
އެރައިވަލް ކައުންޓްޑައުން މިއުޒިކް ފެސްޓީވަލްގެ ދެވަނަ ޝޯއަކީވެސް ހިލޭ ވަދެވޭ
ގޮތަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ޝޯއެކެވެ.