ޚަބަރު

ސީއެސްސީގެ މެންބަރުކަމަށް އާމިރާ އައްޔަންކުރައްވައިފި


ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އައްޑު އަތޮޅު ކުމުންޒާނިގެ ފާތިމަތު އާމިރާ އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މިރަސްމިއްޔާތުގައި ފާތިމަތު އާމިރާއާއި ޙަވާލުކުރެއްވިއެވެ.

އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ފާތިމަތު ޢާމިރާ އަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް. އާމިރާ ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން "ސީ.އެސް.އެސް.ސީ"ގެ ޕްރިންސިޕަލްކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ މަތީފެންވަރުގެ އެކި މަޤާމްތަކެއް ފުރުއްވާފައި. އެންމެފަހުން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލްގެ މަޤާމުގަ