ޚަބަރު

އިމްރާން އިސްތިއުފާ ދެއްވުމަށްފަހު އަލުން މަޤާމާއި ހަވާލުވެޑައިގެންފި


ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމަށް ފަހު އަލުން އެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ. މިއަދު ހެދުނުގެ ވަގުތެއްގައި އިސްތިފާދެއްވުމަށްފަހު އަލުން މަޤާމާއި އިމްރާން މިއަދު ހަވާލުވެޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، ހޯމް މިނިސްޓަރުގެ މަޤާމުން އިމްރާން ޢަބްދުﷲ އިސްތިއުފާދެއްވީ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ. ނަމަވެސް މިހާރު އަލުން މަޤާމާއި ހަވާލުވެވަޑައިގެންފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. މަޤާމާއި ހަވާލުވެވަޑައިގަތީ މިއަދު މެންދުރުފަހުކަމަށް ހޫދު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުގެ މަޤާމުން ޝައިޚް އިމްރާން ޢަބްދުﷲ އިސްތިއުފާދެއްވުމަށްފަހު އަލުން މަޤާމާއި ހަވާލުވެވަޑައިގަތީ، ފުރަތަމަ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަޒީރުކަން އަދާކުރެވޭނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލުއުފައްދާފައިވާތީއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޖަލު ހުކުމް ބާޠިލްކޮށްފައެވެ.

ޝައިޚް އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރުކަމަށް ޢައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މަޤާމާއި ހަވާލުވެވަޑައިގެން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.