ޚަބަރު

މަސްތުވާތަކެއްޗާއެކު މީހަކު ގއ.ވިލިނގިލީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި


މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 03 ރަބަރު ޕެކެޓާ އެކު މީހަކު ގއ.ވިލިގިލީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓެލިޖެންސް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގއ.ވިލިގިލީ ޕޮލިސް ސްޓޭޝަނުުން ހިންްގި  އޮޕަރޭޝަނެއްގައި 2015 ޖެނުއަރީ 07 ވަނަ ދުވަހުގެ 14:30 ހާއިރު ވިލިނގިލީ ކައުންސިލް އިދާރާ ކައިރިންނެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 03 ރަބަރު ޕެކެޓް ފެނިފައިވަނީ މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް  ގެނައި މީހާ ބަލާފާސް ކުރުމުގެ ތެރޭގައެވެ.

މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ މީހަކީ 09 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 06 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ 03 މައްސަލައެއްގެ ތަހިޤީގު ނިންމާ ދައުވާކުރުމަށް ޕޮރެސިކިއުޓަރ ޖެނެރަލްގެ އޮފިހަށް ވަނީ ފޮނުވާފައެވެ. މީގެއިތުރުން އޭނާއަކީ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ  ރެކޯޑްސް އޮންނަ މީހެކެވެ.