ވިޔަފާރި

އަގުހުރި އިނާމްތަކަކާއެކު އޭސް ހާޑްވެއަރގެ އަހަރީ ޕްރޮމޯޝަން ފަށައިފި


އޭސް ހާޑްވެއަރގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އަގުހުރި އިނާމުތަކާއިއެކު އަހަރީ ސޭލް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޑިސެމްބަރު މަހުގެ އެކަކަކުން ޖެނުއަރީމަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން، އޭސް ހާޑްވެއަރގެ މާފަންނު އަދި ހެންވޭރު ފިހާރައިގައި ކުރިއަށްދާނެކަމަށް އޭސް ހާރޑްވެއާރއިން ބުނެއެވެ.

މި ޕްރޮމޯޝަންގައި 300 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އެފް ސެވަން މޮޓޯ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަންނަ މަހުގެ ފަނަރާއާއި ހަމައަށް އޭސް ހާރޑްވެއާރއިން ވިޔަފާރިކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ވިޔަފާރިކުރާ މުދަލުން ހަތްދިހަ އިންސައްތައާއި ހަމަޔަށް ޑިސްކަންޓް ލިބޭއިރު ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން ދަބަހާއި ލަންޗް ބޭގް، ލަންޗް ބޮކްސް، ފެން ފުޅި އަދި އެކި ވައްތަރުގެ ސްޓޭޝަނަރީ ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށް އޭސް ހާރޑްވެއާރއިން ބުނެއެވެ.

އޭސް ހާރޑްވެއާރގެ އަހަރީ ޕްރޮމޯޝަނުގެ ތެރޭގައި އޮންލައިން ޕްރޮމޯޝަންތަކެއް ހިމެނޭއިރު އެ ފިހާރައިން ދަނީ ސޯޝަލް މީޑިޔާ ގައި ލައިކް އެޑް ކޮމެންޓް މުބާރާތެއްވެސް ކުރިއަށް ގެންދަމުންނެވެ. މި މުބާރާތުގެ ނަސީބުވެރި ފަސް ފަރާތަކަށް އެއް އަހަރު ވަންދެން އޭސް ހާޑްވެެއަރއިން ވިހި އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭސް ހާރޑްވެއާރއިން ބުނީ މި ޕްރޮމޯޝަންގައި ވިއްކާ ކުޑަކުދިންގެ ކުޅޭ ސާމާނުން ލިބޭ އާމްދަނީގެ އިންސައްތައެއް ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމުގައިވާ އާރކްއަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.