ދީން

2017ވަނަ އަހަރާ ހަމައަށް ޙައްޖު ކޯޕަރޭޝަނުގެ ކޯޓާ ހަމަވެއްޖެ


ދެހާސް ސަތާރަވަނަ އަހަރާ
ހަމައަށް ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ މީހުންގެ ކޯޓާ ހަމަވެފައިވާ ކަމަށް ޙައްޖު
ކޯޕަރޭޝަނުން ބުނެފިއެވެ. އެމް.ބީ.ސީ ނިއުސްއާއި ވާހަކަ ދައްކަވަމުން ހައްޖު
ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ އެކޯޕަރޭޝަނުން މިހާރު
ދެހާސް އަށާރަ ވަނައަހަރަށް ހައްޖައް ގެންދާ މީހުންގެ ފައިސާ ބަލައިގަންނަމުން
ދާކަމަށެވެ. މީގެ އިތުރުން ޔާމިން ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުގެ މެންބަރޝިޕް
ދެހާސް ފައްސަތޭކައަށް އިތުރުވެފައިވާކަމަށެވެ.



މެންބަރޝިޕްގެ ގޮތުގައި
ދެކެޓަގަރީއެއް ހިމެނިފައިވާކަމަށާއި އެއީ ގަނޑުކޮށް އެއްފަހަރާ ފައިސާދައްކާ
މީހުންނާއި މަސްމަހުން ބަހާ ލައިގެން ފައިސާދައްކާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނަށް ލިބެނީ ދިވެހިރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ފަންސާސް
އިންސައްތައެވެ.