ސިޔާސީ

ދެޤައުމެއްގެ ސަފީރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކޮށްފި


އީސުލްޖުމްހޫރިއްޔާ، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ގަލޮޅު އުފާ އަޙްމަދު މުޙަންމަދު، އަދި އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، މާފަންނު ކްރެސްޓްވުޑް ޢަބްދުﷲ ޙަމީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އަޙްމަދު މުޙަންމަދު، އަދި އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޢަބްދުﷲ ޙަމީދު، މި ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.