ސިޔާސީ

ސްރީލަންކާގެ ރައީސަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް


ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހިތާމަވެރި ހާދިސާގައި،
އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ
ހިތާމައިގައި، ސްރީލަންކާގެ ރައީސް، މަހިންދަ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. 



މިމެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި،
ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ
ރައީސް ‏މަހިންދަ
ރާޖަޕަކްސަ‏އަށާއި،
ސްރީލަންކާގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު
ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި
މިޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް
ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.