ދީން

ބައެއް މުސްލިމުންގެ އަމަލުތަކުގެ ސަބަބުން އިސްލާމްދީނުގެ ބުރުސޫރަ


ބައެއް މުސްލިމުންގެ އަމަލުތަށް ހުންނަ ގޮތުން އިސްލާމް
ދީނުގެ ބުރުސޫރަ ހުތުރުވެ، މުސްލިމުންނަކީ ހައްދުފަހަނަ އަޅާފައިވާ ނުވަތަ
ބިރުވެރިކަން އުފައްދާ މީހުން ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރަނީ، ކީރިތި
ރަސޫލާ މުޙައްމަދުން ސައްލަﷲ އަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުތަކަށް
ފުރިހަމަގޮތުގައި އަމަލުނުކުރެވުމުގެ ސަބަބުންކަމަށް މުސްލިމް ވޯލްޑް
ލީގުގެ ޑެޕިއުޓީ ސެކެޓްރީ ޖެނަރަލް ޑރ. އާދިލް ބިން އަލީ ވިދާޅުވެއްޖެއެވެ.



ރޭ އިސްލާމީ މަރުކަޒުގައި ބެއްވި ފޯރަމްގައި ޑރ. އާދިލް ބިން އަލީ ވާހަކަދެއްކެވީ "ކީރިތި
ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ސީރަތުން ލިބޭ އިބްރަތްތައް" މި
މައްޟޫގެ މައްޗަށެވެ. ޑރ. އާދިލް ވިދާޅުވީ،
މިއަދު ބައެއް މުސްލިމުންގެ ސުލޫކާއި އުޅުމުން ފެނިގެންދަނީ އިސްލާމުންގެ މެދުގައި
ގުޅުން ކެނޑިފައިވާ މަންޒަރުތަށްކަމަށާއި، އިލްމީ ގޮތުން ބަލާއިރު ކީރިތި
ޤުރުއާނާއި، ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ، ސުންނަތް ދަންނަމީހުން ފެންނަމުން ދިޔަނަމަވެސް އަމަލުތަކުން
ފެންނަ މަންޒަރު ތަފާތުވުމަކީ، ނުހަނު ހިތާމަ ކުރަންޖެހޭ ކަމެއްކަމަށެވެ.

ޑރ.
އާދިލްގެ ވާހަކަފުޅުގައި އިސްލާމްދީނަކީ، އިޖްތިމާއިއްޔަތުގެ ދީނެއްކަމަށާއި،
ކޮންމެ ދީނެއްގެ ބަޔަކަށްވިނަމަވެސް އެމީހުންގެ އުނދަގުލެއް ނުވާނަމަ އެމީހުންނާއި
ގުޅިގެން އުޅުމަށް ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުން އެނގޭކަމަށްވަނީ ވިދާޅުވެފައެވެ.