ޚަބަރު

ފެނިގެންމިދަނީ ހުރިހާ ފަރާތްތައް ގުޅިގެން އިދިކޮޅު ޕާޓީ ނައްތާލަންއުޅޭ މަންޒަރު - މޫސާ މަނިކު


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ފެންނަމުން ދަނީ އިދިކޮޅު ޕާޓީ ޕީޕީއެމް ނައްތާލަން މަސައްކަތްކުރާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގާއި ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް، މޫސާ މަނިކު ވިދާޅުވީ، ސިވިސް ސަރވިސްތެރޭގައި ވެސް ސަރުކާރާއި އިދިކޮޅު ފިކުރުގެ މީހުން އުޅޭނެކަމަށާއި، ކޮންމެ ފިކުރެއްގެ މީހުންނަށްވެސް ވަޒީފާތަކުން ސަރުކާރާ ދެކޮޅު ފިކުރުގެ މުވައްޒަފުން ވަކިކޮށް ބާކީކުރެވިގެން ނުވާނެކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީން ޑިމޮކްރަސީއާ ގުޅޭގޮތުން ވާހަކަދައްކަވާކަން ފާހަގަކުރައްވައި މޫސާ މަނިކު ވިދާޅުވީ، އަދުލު އިންސާފު ޤާއިމުކުރުމަށްކަމަށް ބުނެ ހަތަރު ލީޑަރަކު އެއްވެގެން ގެނައި ސަރުކާރުން އިދިކޮޅު ޕާޓީ ނައްތާލައިގެން ނުވާނެކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީ.ޕީއެމްއަށާއި އެޕާޓީގެ ފިކުރަށް 96 ހާސް މީހުން ވޯޓުދިންކަމަށާއި، އެމީހުންގެ ފިކުރަށް އިޙްތިރާމްކޮށް އިދިކޮޅު ފިކުރުގެ ވިސްނުންތައްކަށް ޖާގަދިނުމަށް މޫސާ މަނިކު ގޮވާލެއްވިއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ ފިކުރުގެ މީހުންނަށް ލިބިދިނުމަށް ޕީޕީއެމްގެ މައްސަލަ ނިންމައިދިނުން މުހިއްމުކަން މޫސާ މަނިކުވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި 15 ވަރަކަށް އަހަރު މިމަޖިލީހުގައި މިހޭދަކުރަނީ. އަޅުގަނޑު ނުދެކެން މިހާނިކަމެތިކޮށް އިދިކޮޅު ބަޔަކާދޭތެރޭ ކަންތައް ކުރާތަނެއް. ރައީސް ޞާލިޙަށްވެސް، އުއްތަމަ ފަނޑިޔާރަށްވެސް، މަޖިލީހުގެ ރައީސައްވެސް އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ ސުޕްރީމް ކޯޓުން އެހެން މައްސަލަތައް ނިންމަވާ ގޮތަށް ޕީޕީއެމްގެ މައްސަލަވެސް ނިންމައިދޭށޭ. ހަމަގައިމުވެސް އަޅުގަނޑެއްވެސް ރައީސް މައުމޫނުވެސް"

މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ތެރެއިންވެސް މިއަދު ފެންނަނީ އެންމެ އެދެވޭ މަންޒަރުތަކެއް ނޫންކަމަށާއި، މުޅި ރާއްޖެ އެއްބަޔަކު ކޮންޓްރޯލް ކުރާނަމަ ސަރުކާރު ހިންގާ ޕާޓީން ޑިމޮކްރަސީގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. ޑިމޮކްރަސީގެ ބާނީކަމަށް ބުނެ ވާހަކަދައްކަވާ ބޭފުޅުން އިދިކޮޅު ޕާޓީއާއި އެފިކުރުގެ މީހުންނަށް އިޙްތިރާމްކުރުމަށް މޫސަ ވަނީ މަނިކުވަނީ ގޮވާލައްވާފައެވެ.