ޚަބަރު

ރޭ މެންދަމު 3އާ ހަމައަށް 16 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް


ރޭ މެންދަމު ތިނެއް
ޖެހުމާއި ހަމައަށް، މަސްތުވާތަކެތީގެ މައްސަލާގައި ބާރަ މީހަކާއި، ބަނގުރަލުގެ މައްސަލާގައި ހަތަރު މީހަކު ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.



މަސްތުވާ ތަކެތީގެ
މައްސަލާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ
ތެރޭގައި ހިމެނެނީ، އަމީރު އަޙުމަދު މަގުން އަތުލައިގަތް 20 އަހަރުގެ ފިރިހެނަކާއި، ފަންސަވީސް
އަހަރުގެ ފިރިހެނަކާއި، ދަރުބާރުގެ ސަރަހައްދުގައި އޮންނަ ޕާކް ތެރެއިން ދިވެހި
ފިރިހެނަކާއި، މިރިޔާސް މަގުން އަތުލައިގަތް ހަތާވީސް އަހަރުގެ ދިވެހި
ފިރިހެނަކާއި، ސައުވީސް އަހަރުގެ ދިވެހި
އަންހެނަކާއި، ކޯޓް އަމުރެއްގެ ދަށުން މާފަންނު ޖޭޑް ބަލައި ފާސްކޮށް މަސްތުވާތަކެތީގެ
ތުހުމަތުގައި އަތުލައިގަތް ހަތް މީހަކު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން
ރަލުގެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި
ހިމެނެނީ، ދުއްވާފައި ދިޔަ
ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ކުރުމުން ފެނުނު ބަނގުރާ ފަސް ފުޅިއާއެކު
އަތުލައި ގަނެވުނު ތިން މީހަކާއި، ކޯޓް އަމުރެއްގެ ދަށުން މާފަންނު ހަވީރީގެ ބަލާ
ފާސްކުރުމުގެ ތެރޭގައި ފެނުނު ސޯޅަ ފުޅި ބަނގުރަލާއެކު ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވުނު 33 އަހަރުގެ ފިރިހެނަކު އަތުލައި ގަތުމުގެ އިތުރަށް ހެންވޭރު ކްރަސްޓް
ގެއިން ވައްކަން ކުރި ކަމަށް ތުޙުމަތު ކުރެވޭ 27 އަހަރުގެ ފިރިހެނަކު ކަމަށް
ފުލުހުން ބުނެއެވެ. އަދި ޢާންމު އިޖުތިމާޢީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ
ހެދުން އަޅައިގެން އުޅުނު ތިން އަންހެނަކުވެސް ކަޅުހުރާމަގުން ފުލުހުންގެ ބެލުމުގެ
ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.