ވިޔަފާރި

ބޮޑެތި އިނާމްތަކަކާއެކު ޜެޑްވޭވްގެ "އަހަރީ ބާޒާރު" ފަށައިފި


ގިނަ އަދަދެއްގެ ފައިސާގެ އިނާމްތަކަކާއެކު ރެޑްވޭވުން އަހަރީ ބާޒާރުގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ރެޑްވޭވްގެ އައުޓްލެޓްތަކުން ލިބެން ހުންނަ ހުރިހާ ފަރުނީޗަރަކާއި ބައެއް އިލެކްޓްރޯނިކް ސާމާނުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެކަމަށް ރެޑްވޭވުން ބުނެއެވެ. އެގޮތުން 10 އިންސައްތައާއި 70 އިންސައްތައާއި ދެމެދުގެ ޑިސްކައުންޓަކާއެކު ގިނަ ސާމާނުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

އަހަރީ ބާޒާރު ޕްރޮމޯޝަންގެ ތެރެއިން ރެޑްވޭވުން ވަނީ ޗައިނާގެ މަޝްހޫރު ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ ކޮންކާ ޓީވީވެސް ތަޢާރަފް ކޮށްފައެވެ. މިއީ އެންޑްރޮއިޑް ފަންކްޝަންތައް ހިމެނޭ ޓީވީ އެއްކަމަށް ރެޑްވޭވުން ބުނެއެވެ.

ރެޑްވޭޗްގެ ސީނިއަރ މެނޭޖަރ ޢަލީ ޝަހީމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު މާކެޓްގައި ލިބެން ހުރި އެހެން ބްރޭންޑްތަކުގެ ޓީވީތަކާއި އަޅާ ބަލާއިރު ކޮންކާ ބްރޭންޑްގެ ފޯކޭ ޓީވީ ވަރަށް ބޮޑުތަން އަގުހެޔޮވާނޭކަމަށެވެ.