ޚަބަރު

މާފަންނު ގެއަކުން ގިނަ އަދެދެއްގެ ބަނގުރާ އަތުލައިގެންފި


ފުލުހުން
ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ފާމްދޭރިއާގެއިން ގިނަ އަދަދެއްގެ ބަނގުރާ
އަތުލައިގެންފިއެވެ.



މި އޮޕަރޭޝަންގައި
ފާމްދޭރިއާގެއިން އަތުލައިގަތް ތަކެތީގެ އަގު ބާޒާރުމަތީ އަގުގެ ދެލައްކައަށްވުރެ ގިނަ
ރުފިޔާއަށް އަރާނެކަމަށާއި، މީގެ ތެރޭގައި ހަތްދިހައަށްވުރެ ގިނަ ރާ ފުޅިއާއި، 70
އަށްވުރެގިނަ ބިޔަރު ދަޅުގެ އިތުރުން ބޮޑެތި ހަންހަމުގައި ގިނައަދަދެއްގެ ބަނގުރާހުރިކަމަށްވެސް
ފުލުހުން ބުނެއެވެ.



މިމައްސަލައާއި
ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ ޑްރަގް
އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް، ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު
ޝިފާން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން މިހާތަނަށް ބިދޭސީއަކު
ހައްޔަރުކޮށްފައިވާކަމަށާއި، ބަނގުރާ ފެނުނު 
ފާމުދޭރިއާގޭގައި ބަނގުރާ ވިއްކުމުގައި ހަރަކާތްރެވަނީވެސް ބިދޭސީންކަމަށެވެ.
އަދި  މިހާތަނަށް ހޯދި ހޯދުންތަކުން
މިކަމުގެ ފަހަތުގައި ކޮންމެވެސްވަރަކަށް ދިވެހީންވާކަންވެސް އެނގިފައިވާކަމަށް
ވިދާޅުވިއެވެ.  ޝިފާން ވިދާޅުވީ
ފާމުދޭރިއާގެއިން ބަނގުރާފެނިފައިވަނީ އެގޭގެ ވެރިފަރާތުން މަސައްކަތެއް ކުރުމަށް
ދޫކޮށްފައިވާ ބަޔަކުން ކަމަށާއި، މަސައްކަތް ކުރުމަށް  ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެކަންކަމުގެ
ޒިންމާ ނަގަންޖެހޭނެކަމަށެވެ.



ފުލުހުން
ބުނީ މިމައްސަލައާއި ގުޅޭ އިތުރުކަންތައްތަކެއްގެ ތަހުގީގު ކުރިޔަށްދާކަމަށާއި، ބަނގުރާ
އަތުލައިގަތުން މިދުވަސްވަރު ގިނަވެފައިވަނީ، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ
ސަބަބުންކަމަށެވެ.



މީގެ
އިތުރުން ބަނގުރާ ގެންގުޅުމުގައި ތަފާތު އެހެން މަރުހަލާތަކެއް އެކުލެވިގެންވާ
ކަމަށާއި، އެކަމުގެ ތަހުގީޤުވެސް މިހާރު ކުރިޔަށްދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.