ސިޔާސީ

ރައީސްގެ ދެކަނބަލުން އައްޑޫއަށް ވަޑައިގަތުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ‏އެމަނިކުފާނުގެ އަނބިކަނބަލުން
‏‏ފާޠިމަތު އިބްރާހީމް، ‏އައްޑޫ ސިޓީއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އައްޑޫ ސިޓީގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތާއި، މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްދެއްވުމަށް ކުރަވަމުންގެންދަވާ
ދަތުރުފުޅެކެވެ.މިރޭ އައްޑޫ ސިޓީ ހުޅުދޫގައި އޮންނަ މި ރަސްމިއްޔާތުގައި ބައިވެރި ވަޑައިގަތުމަށް ‏‏ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގަތުމުން
އެދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ
ދަންނަވާފައެވެ.