ވިޔަފާރި

"ދިވެހި ޒުވާން ވިޔަފާރިވެރިޔާ" އުފެއްދުމުގެ ޕްރޮގްރާމެއް ފަށަނީ


ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން
"ދިވެހި ޒުވާން ވިޔަފާރިވެރިޔާ" އުފެއްދުމުގެ ޕްރޮގްރާމްގައި
ބައިވެރިވުމަށް އަންނަ ޖަނަވަރީ މަހުގެ އެކަކުންފެށިގެން ފުރުސަތު
ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް މުޙައްމަދު މަލީޙް ޖަމާލު
ވިދާޅުވެއްޖެއެވެ.



އެމް.ބީ.ސީ ނިއުސްއަށް ދެއްވި
ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ މަލީހް ވިދާޅުވީ، މިއަހަރުގެ ބަޖެޓުން ސާޅީސް
ވަރަކަށް މިލިޔަން ރުފިޔާ ހިމެނިގެން ކުރިޔަށް ގެންދާ މި ޕުރޮގްރާމްގެ ދަށުން
ލޯނަށް އެދި  ހުށަހަޅާ ފަރާތްތަކުގެ
ފޯމްތަށް އިވެލުވޭޓް ކުރުމަށްފަހު، އެންމެ ރަނގަޅު ފަރާތްތަކަށް، އަހަރު ފެށިގެން
ތިނެއް ނުވަތަ ހަތަރުމަސްތެރޭގައި ޕުރޮގްރާމާއިގެން ކުރިޔަށް ދެވޭނެކަމަށެވެ.



މިނިސްޓަރ ވިދާޅުވީ ދިވެހި ޒުވާން
ވިޔަފާރިވެރިޔާ އުފެއްދުމުގެ ޕްރޮގްރާމްގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ޒުވާނުންނަށް
އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.



ދިވެހި ޒުވާން ވިޔަފާރިވެރިޔާ
އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ، 18 އަހަރާއި
35 އަހަރާއި ދެމެދުގެ، ދެ ޒުވާނަކު ގުޅިގެން ކުރިޔަށްގެންދާ ވިޔަފާރިއަކަށް
ކަމަށާއި، ކުރިމަތިލާ ކޮންމެ ދެ ފަރާތަކަށް 3 ލައްކަ ރުފިޔާއާއި 8 ލައްކަރުފިޔާ
އާއި ދެމެދުގެ އަދަދެއްގެ ލޯން ދޫކުރާނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއެވެ.