ސިއްހަތު

ކުއްލިހާލަތަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރަން މަސައްކަތް


ކުއްލި ހާލަތްތަކަށް
ތައްޔާރުވެ އެފަދަ ޙާލަތްތަކަށް އިޖާބަ ދިނުމުގެ ޤާބިލްކަން ބިނާކުރުމަށް މެމްބަރު
ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑަބްލިއު.އެޗް.އޯގެ
އިރުއުތުރު އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރ ޑރ.ޕޫނަމް ކެތްރަޕާލް ސިންގހ
ވިދާޅުވެއްޖެއެވެ.



ސުނާމީ ކާރިސާއަށް ދިހަ
އަހަރުފުރަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޑރ.ޕޫނަމް ވިދާޅުވީ ކުއްލި
ޙާލަތްތަކުގައި ތައްޔާރުވުމަށް ޑަބްލިއު.އެޗް.އޯގެ ސަރަޙައްދީ އޮފީހުން މިންގަނޑުތަކެއް
ކަނޑައަޅާފައިވާ ކަމަށެވެ. އެ މިންގަނޑުތަކަށް ބަލާއިރު ސްޓޭންޑެޑްތައް ޤާނޫނީ
ގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ  ކަންތައްތައް ބެލޭނެ އިންޑިކޭޓާސް އަދި
މަސައްކަތްތައް ވިލަރެސް ކުރާނެ ގޮތްތަކާއި މިފަދަ ކަންކަމަށް އިޖާބަ ދިނުމަށް
މުޖުތަމައު ތައްޔާރުވެފައިވާ މިންވަރުގެ އިތުރުން މީހުން ބިނާ ކުރުން އަދި ދުރާލާ
އިންޒާރުދޭ ނިޒާމް ޤާއިމްކުރުން ހިމެނެއެވެ.

ޑަބްލިއު.އެޗް.އޯގެ ސަރަޙައްދީ
އޮފީހުން ސައުތް އީސްޓް އޭޝިއާ ހެލްތް އިމެޖެންސީ ފަންޑްގެ ނަމުގައި ފަންޑެއް
ޤާއިމްކޮށްފައިވާ ކަމަށްވެސް ޑަބްލިއު.އެޗް.އޯގެ ސަރަޙައްދީ އޮފީހުން މައުލޫމާތުދެއެވެ.
ޑަބްލިއު.އެޗް.އޯގެ ސަރަޙައްދީ އޮފީހުން ވިދާޅުވީ ކުއްލި ޙާލަތްތަކަށް
ތައްޔާރުވުމާއި އެފަދަ ޙާލަތްތަކަށް ފުރިހަމައަށް އިޖާބަ ދިނުމަށް ކުރާ
މަސައްކަތްތައް ދާއިމާ ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.