ޚަބަރު

ޕީއެސްއެމްގެ ވެރިންނާއި އެކު 10 ކުންފުންޏެއްގެ ބޯޑްގައި ހިމެނޭ މެންބަރުން ވަކިކޮށްފި


ޕީއެސްއެމްގެ ވެރިންނާއި އެކު 10 ކުންފުންޏެއްގެ ބޯޑްގައި ހިމެނޭ މެންބަރުން ވަކިކޮށްފިއެވެ. މި މެމްބަރުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަންގެ ބޯޑުން ވަނީ އިއުލާންކޮށްފައެވެ.

ފަބްލިކް ސާރވިސް މީޑިއާގެ ޗެއަރމަން މަރިޔަމް އަޒްރާ އަހުމަދާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފުގެ އިތުރުން އިތުރު ދިހަ ކުންފުންޏެއްގެ ބޯޑްގައި ތިއްބެވި މެމްނަބރުން މިއަދު ވަނީ ވަކިކޮށްފައެވެ.
މިގޮތުން ވަކިކުރި މެމްބަރުންނަކީ ސެޓެލްކޯ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޒުހޫރުއާއި އެކުންފުނީގެ ޗެއަރމަން އަހްމަދު އައިމަން ހިމެނެއެވެ. މީގެއިތުރުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ސައިމަންއާއި ޗެއަރމަން މުހައްމަދު ރަޝިދާއި ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން މުހައްމަދު ޝާހިދާއި މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާސިފާއި އެ ކުންފުނީގެ މެންބަރު އަހުމަދު ބުން ޔާމީންވެސް ވަނީ އެ މަޤާމުތަކުން ވަކިކޮށްފައެވެ.

ކުންފުނިތަކުން ބޯޑްތަކުން ވަކިކުރި މެމްބަރުންގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން އަހްމަދު ޝަރީފާއި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިޘްވެސް ހިމެނެއެވެ. މީގެއިތުރުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔަތާއި ދިރާގުގެ ފަބްލިކް ލިމިޓެޑްގެ ޗެއަރ މަން މުހައްމަދު އަޝްމަލީއާއި ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން އިގްބާލް އާދަމްއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިދުރީސް އިސްމާއިލްވެސް މިއަދު މަގާމުން ވަކިކުރި މެމްނަރުންގެ ތެރޭގައި ހިމެނެއެވެ.