ޚަބަރު

ރައީސް ޞާލިޙްގެ ކެބިނެޓަށް އދގެ މަންދޫބު ތައުރީފް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލަށް އެކުލަވާލެއްވި ކެބިނެޓްގައި ހިމެނޭ އަންހެން ވަޒީރުން ގިނަކަން ފާހަގަކުރައްވައި، ވަޒީރުންގެ މަޖިލިސް އެކުލަވާލާފައިވާ ގޮތަށް އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާ ތަޢުރީފް ކުރައްވަފިއެވެ.

އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލާފައިވާ ގޮތަށް ތަޢުރީފްކުރައްވައި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޝޯކޯ ނޯޑާ ކުރެއްވި ޓެވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އަންހެނުން ފާހަގަކޮށްލެވޭ ހަރުފަތްތަކެއް ގިރާކުރަމުން ގެންދާކަމަށެވެ. އަދި ރައީސް ޞާލިޙްގެ ކެބިނެޓްގައި ހިމެނޭ އަންހެން ވަޒީރުންގެ ޢަދަދު ގިނަކަން ފާހަގަކުރައްވައި، މިއީ ދުނިޔޭގެ ފެންވަރުގައިވެސް ރާއްޖެއިން ހޯދި ކާމިޔާބީއެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އދ. ގެ މަންދޫބު ވިދާޅުވީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ 32 އިންސައްތައަކީ އަންހެނުންކަމަށެވެ. އަދި 30 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ ޢަދަދަކަށް އަންހެން ވަޒީރުންތިބެނީ ދުނިޔޭގެ އެންމެ 10 ޤައުމުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ޝޯކޯ ނޯޑާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންވެސް އަންހެނުންގެ ޢަދަދު އިތުރުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

އަލަށް އެކުލަވާލެއްވި ކެބިނެޓްގައި ޖުމްލަ 19 ވުޒާރާ ހިމެނޭއިރު، 7 ވަޒީރުންނަކީ ކަނބަލުންނެވެ. ރައީސް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އަންހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރު ޒަހާ ވަޙީދާއި، މިނިސްޓަރ އޮފް ހައުސިންގެ އެންޑް އަރބަން ޑިވަލޮޕްމެންޓް އާމިނަތު ޢާތިފާއާއި، މިނިސްޓަރު އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއާއި، މިނިސްޓަރ އޮފް އަރޓްސް، ހެރިޓޭޖް އެންޑް ކަލްޗަރ ޔުމްނާ މައުމޫންއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ވަޒީރުންގެ މަޖިލީހަކީ ރާއްޖޭގެ ތާރީޚްގައިވެސް އެންމެ ގިނަ ކަނބަލުން ހިމެނޭ ވަޒީރުންގެ މަޖިލީހެވެ.