ޚަބަރު

ހޯމް މިނިސްޓަރ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫނު ރަޝީދާ، ފުލުހުންގެ އެގްޒެގެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒަށް ފުލުހުންގެ އެކިދާއިރާތަކާއި ގުޅޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާ މިހާރަށްވުރެ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މިއީ މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން ހޯމް މިނިސްޓަރ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.