ޚަބަރު

މަޑުއްވަރިއަށް މިއަދު އާދަޔާ ޚިލާފަށް އުދައަރަނީ


މުލަކަތޮޅު މަޑުއްވަރިއަށް މިއަދު އާދަޔާ ޚިލާފަށް އުދައަރަމުން އެބަދެއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލް މެންބަރު ހުސްނީ ހުސެއިން ވިދާޅުވީ، ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި މަޑުއްވަރިއަށް އުދައަރާ ކަމަށާއި، ނަމަވެސް މިއަދު އާދަޔާއި ޚިލާފަށް ރަށުގެ ބޮޑު ސަރަހައްދަކަށް އުދައަރާފައިވާ ކަމަށެވެ. އެގޮތުން ރަށުގެ މެދެއްހާ ހިސާބަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށާއި، ބައެއް ގެތަކާއި ރަށު ކައުންސިލް އިދާރާއާއި ހަމައަށް ވެސް އުދައަރާފައިވާ ކަމަށް  ރަށު ކައުންސިލުން މައުލޫމާތުދެއެވެ.މެޓް އޮފީހުންބުނީ، މަޑުއްވަރީ ނޫން ރަށަކަށް އުދައަރަމުން ނުދާކަމަށާއި، ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާއިރު ރާޅު އަރަމުންދަނީ ކަމަށެވެ.ރާއްޖެ ސަރަހައްދުގައި އާދަޔާއި ޚިލާފް ތޫފާނެއް ފަދަ އެއްވެސްކަމެއް ނޫޅޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.