ޚަބަރު

މަސްތުވާތަކެއްޗާއެކު ޅ.ހިންނަވަރުން މީހަކު ހައްޔަރުކޮށްފި


ޅ. ނައިފަރު އަދި ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޅ.ހިންނަވަރު ގެއަކުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ިދިރިއުޅެމުންދާ ގެއިން މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހެނދުނު 10:00 ހާއިރުއެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވަނީ  އޭނާ ދިރިއުޅެމުންދާ ގޭ ގޯތިތެރެއިންނެވެ.