ސިޔާސީ

ޒިންމާ އަދާކުރުމަށް ހުރަސްތަކެއް އެބަހުރި، އެކަމަކު ކުރިއަށްދެވޭނެ- މިނިސްޓަރ އަސްލަމް


މަޤާމުގެ ޙައިސިއްޔަތުން ހަވާލުވެވަޑައިގެންނެވި ޒިންމާތައް އަދާކުރުމަށް ހުރަސްތަކެއް ހުރި ނަމަވެސް ކުރިއަށް ދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓަރު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަވާލުވެފައިވާ ޒިންމާތައް ވަރަށް ސާފު ކަމަށާއި ދަތިތަކެއް ހުރި ނަމަވެސް ކުރިއަށްދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"މަގާމުގެ ހައިސިއްޔަތުން ހަވާލުވެވަޑައިގެންނެވި ޒިންމާތައް އަދާކުރުމަށް ހުރަސްތަކެއް އެބަހުރި. ނަމަވެސް ކުރިއަށް ދެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް." ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ހައުސިންގ މިނިސްޓަރުގެ މަޤާމު އަދާކުރެއްވި އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމްއަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، ހައުސިންގ މިނިސްޓްރީގެ ކަންކަން ހިނގާ ގޮތް ބެއްލެވުމަށް އެކުލަވާލި ޓްރާންސިޝަން ކޮމިޓީގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ހައުސިންގ އެންޑް އެންވަޔަރަމަންޓް މިނިސްޓަރގެ މަޤާމުވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.