ސިއްހަތު

މާބައިދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ މީހުން ދޫކޮށްލައިފި


ކާނާވިހަވެގެން ހައްދުންމަތީ މާބައިދޫ ސިއްޙީ މަރުކަޒުން ފަރުވާ ހޯދި އެންމެން ދޫކޮށްލައިފި ކަމަށާ އިތުރު ފަރުވާއަށް ލާމު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ތިން ކުދިން މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެކަމަށް އެހޮސްޕިޓަލުން ބުނެފައިވާކަމަށް މާބައިދޫ ޞިއްހީ މަރުކަޒުން ބުނެފިއެވެ.އެމަރުކަޒުން ބުނީ ފަންސާސް ތިންމީހަކަށް ރޭ އެމަރުކަޒުގައި ފަރުވާދީފައިވާ ކަމަށާ ، ފަރުވާ އަށްފަހު އިތުރު ފަރުވާ ދިނުމަށް ގަމު ރީޖަނަލަސް ހޮސްޕިޓަލަށް ގެންދިޔާއީ ތިން ކުއްޖަކު ކަމަށެވެ. ލާމު ގަމު ރީޖަނަލް ހޮސް ޕިޓަލުން ބުނީ މާބައިދޫ ޞިއްހީ މަރުކަޒުން ފޮނުވި ތިންމީހުންގެ ޙާލު ރަގަޅުވަމުން އަންނަކަމަށް. އެހެންނަމަވެސް އަދި އެމީހުން ދޫކޮށް ނުލާކަމަށާ، އެމީހުންނަށް އަދިވެސް އެހޮސްޕިޓަލްގައި ފަރުވާ ދެމުންއަންނަކަމުގައެވެ.މާބައިދޫ ކައުންސިލުން ބުނީ ކާނާ ވިހަވުމުގެ މައްސަލަ ދުއިސައްތައެއްހާ މީހުންނަށް ކުރިމަތިވެފައިވާނެކަމަށް ބެލެވޭކަމަށް. އެ ކައުންސިލުން ބުނީ މިކަން ދިމާވީ ޚިތާނުކުރިގެއަކުން އެރަށު ރައްޔިތުންނަށް ދިން ޖާފަތަކަށްފަހުކަމަށެވެ.މާބައިދޫގައި ހިނގި ކާނާ ވިހަވުމުގެ މައްސަލައާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވީ، އެޙާދިސާ ހިނގާދިޔަ ގޮތް އެ އެޖެންސީއިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން، މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް ބެލެވެނީ ކުނިވެފައި ހުރި މަހުގައި ތައްޔާރުކުރެވިފައިހުރި ކާއެއްޗެއް ކެއުމުގެ ސަބަބުންކަމަށް އެޖެންސީން ވަނީ ބުނެފައެވެ. އެހެންކަމުން ކާއެއްޗެތި ތައްޔާރުކުރުމުގައި، ޚާއްސަކޮށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކައްކާ ކެއުމުގައި، ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަށާއި، ކެއްކުމުގައާ ސުފުރާމަތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށް އެޖެންސީންވަނީ އިލްތިމާސްކުރައްވާފައެވެ.