ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބޭފުޅުން އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ކެބިނެޓްގައި ރައީސާއި، ނާއިބު ރައީސާއި، ބަންޑާރަނާއިބު ހިމެނޭގޮތުން ޖުމްލަ 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ސަރުކާރުގައި މުޅިން އަލަށް އުފައްދަވާ 4 މިނިސްޓްރީއަކާއެކު 19 މިނިސްޓްރީއެއް ހިމެނެއެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންގެ ހުވާ ލާދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

  • ބަންޑާރަނާއިބު - އަލްއުސްތާޛް އިބްރާހީމް ރިފްޢަތު
  • މިނިސްޓަރ އޮފް ޑިފެންސް - އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ
  • މިނިސްޓަރ އޮފް ފޮރިން އެފެއަރޒް - ޢަބްދުﷲ ޝާހިދު
  • މިނިސްޓަރ އޮފް ހޯމް އެފެއަރޒް - އައްޝައިޚް އިމްރާން ޢަބްދުﷲ
  • މިނިސްޓަރ އޮފް އެޑިއުކޭޝަން - ޑރ. އާއިޝަތު އަލީ
  • މިނިސްޓަރ އޮފް ހެލްތް - ޢަބްދުﷲ އަމީން
  • މިނިސްޓަރ އޮފް ޓޫރިޒަމް - ޢަލީ ވަޙީދު
  • މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް - ޑރ. އަޙްމަދު ޒާހިރު
  • މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - އަލްއުސްތާޛް ފައްޔާޟް އިސްމާއީލް
  • މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ - އިބްރާހީމް އަމީރު
  • މިނިސްޓަރ އޮފް އެންވަޔަރަމެންޓް - ޑރ. ޙުސައިން ރަޝީދު
  • މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް - ޝިދާތާ ޝަރީފް
  • މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ - ޒަހާ ވަޙީދު
  • މިނިިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ - މުޙައްމަދު އަސްލަމް
  • މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް - އާމިނަތު އާތިފާ
  • މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް - އަޙްމަދު މަހުލޫފް
  • މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން - ޑރ. އިބްރާހިމް ޙަސަން
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫން
  • މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ - މުޙައްމަދު މަލީހު ޖަމާލު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓް އެކުލަވާލައްވާފައިވާ ގޮތް.

މީގެ އިތުރުން މިނިސްޓަރުންގެ ފެންވަރުގެ 2 މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 2 ބޭފަކު އައްޔަން ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ އަލްއުސްތާޛް ޢަލީ ޒާހިރު، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ޢަލީ ޝިޔާމެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކަށް 7 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަންކުރައްވާފައެވެ.