ދުނިޔެ

ބަންގްލަދޭޝްގައި ތަކެތީގެ އަގުބޮޑުވެގެން ހަޅުތާލުކުރަނީ


ބަންގްލަދޭޝް ސަރުކާރުން ގޭހާއި ކަރަންޓުގެ އަގު
ބޮޑު ކުރުމާއި ގުޅިގެން އެކަމާއި ނުރުން ފާޅުކޮށް ގިނަ ބަޔަކު މިއަދު މުޒާހަރާ
ކުރަމުން އެބަދެއެވެ.



މިއަދުގެ ހުކުރު ނަމާދަށް ފަހު، ވެރިރަށް ޑާކާގެ
މައި މަގުތަކަށް އެއްވެ އާއްމުންގެ އެތައް ބަޔަކު ޞުލްޙަވެރިކަމާއި އެކު އަޑު
އުފުލަމުންދާކަމަށް ޚަބަރު ލިބެއެވެ. ގޭހާއި، ކަރަންޓްގެ އަގު ބޮޑު ނުކުރުމަށް
ގޮވާލާ ކުރިޔަށްގެންދާ މި މުޒާހަރާގެ ބައިވެރިން މިހާރު އެޤައުމުގެ ހަކަތައާއި
ޤުދުރަތީ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ ކައިރިއަށް ޖަމާވެފައިވާއިރު، ފުލުހުން
އެމީހުން ވަށައިގެން ބެރިކޭޑް ޖަހާ އެމީހުން ކޮންޓްރޯލް ކުރަމުންދާކަމަށް ބައިނަލް
އަޤްވާމީ މީޑިއާ ރޕޯޓްތައް ބުނެއެވެ.



ބަންގްލަދޭޝް ސަރުކާރުން ވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ
ދުވަހުން ފެށިގެން، ކައްކާ ގޭހާއި ކަރަންޓްގެ އަގު ބޮޑު ކުރާނޭކަން އިޢުލާން ކުރައްވާފައެވެ.
އެހެންނަމަވެސް ބޮޑު ކުރާނޭ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.