ވިޔަފާރި

އަންނަ އަހަރު އުފެއްދުންތެރިކަން 10.5 އިންސައްތަ ކުރިއަރާނެ


އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދީ
އުފެއްދުންތެރިކަން ދިހައެއް ޕޮއިންޓް ފަހެއް އިންސައްތައަށް ކުރިއަރާނެ ކަމަށް
މަރުކަޒީ ބޭންކު އެމް.އެމް.އޭއިން ލަފާކޮށްފިއެވެ.ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން
ނެރެފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް މަރުކަޒީ ބޭންކުން
ނެރެފައިވާ ނޮވެމްބަރު މަހުގެ އިޤްތިސާދީ ރިވިއުގައި ބަޔާންކޮށްފައިވަނީ، އަންނަ އަހަރު ޤައުމީ އުފެއްދުންތެރިކަން
އިތުރުވާނީ، ފަތުރުވެރިކަމުގެ ދާއިރާއާއި
އިމާރާތް ކުރުމުގެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭތީކަމަށެވެ.ޤައުމެއްގެ އުފެއްދުންތެރިކަމަކީ ނުވަތަ ޖީ.ޑީ.ޕީ
އަކީ، އެޤައުމެއްގެ އިޤްތިސާދީ ދުވެލި މިނެ ކިރުމަށް
ބޭނުންކުރާ މިންގަނޑު، މިހިނގާ 2014 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެ
ކަމަށް ލަފާކޮށްފައިވަނީ، 8.5 އިންސައްތައަށެވެ. އެއީ
2013 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރި
ނިސްބަތަށް ވުރެ 0.3 އިންސައްތަ ދަށް އަދަދެއް ނަމަވެސް ކުރިއަށް އޮތް އަހަރު
ތަކުގައި ރާއްޖޭގެ އިޤްތިސާދުގައި ހަރަކާތްތެރިވާ ބޮޑެތި ސިނާއަތްތައް ކުރިއަރާނެ
ކަމަށް ލަފާކޮށް އިޤްތިސާދީ ދުވެލި އަންނަ އަހަރު 2 އިންސައްތަ އިތުރުވާނެ ކަމަށް
ލަފާ ކުރެވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއްވާ އެއް ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތް 8.3 އިންސައްތައަށް ކުރިއަރާނެ
ކަމަށް ލަފާކުރެވޭއިރު، އިމާރާތްކުރުމުގެ ސިނާއަތް 20 އިންސައްތައަށް ކުރިއަރާނެ
ކަމަށް ލަފާކުރެއެވެ.މީގެ އިތުރުން މިއަހަރު ދައުލަތުގެ އާމްދަނީ އާއި
ޚަރަދުގެ ރިވައިޒްކޮށްފައިވާ ޙިސާބުތަކަށް ބަލާއިރު، މިހިނގާ 2014 ވަނަ އަހަރު
ސަރުކާރުގެ ބަޖެޓް ޑެފިސިޓްވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 3.4
އިންސައްތައިގައެވެ.ސަބަބެއް ކަމަށް ވަނީ، ސަރުކާރުގެ އާމްދަނީ
އިތުރުވާ ނިސްބަތަށް ވުރެ ސަރުކާރުގެ ޚަރަދު އިތުރުވުން. އެގޮތުން ފާއިތުވި
ނޮވެމްބަރ މަހުގެ ނިޔަލަށް ހިލޭ އެހީ ނުހިމަނާ ސަރުކާރަށް ޓެކުހާއި އެހެނިހެން
ފީގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ލިބުނު އިރު ދައުލަތުގެ ޚަރަދު މިއަދަދަށްވުރެ
2 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. އަދި އެންމެ ފަހުގެ ބެލެންސް އޮފް ޕޭމަންޓްގެ
ހިސާބުތަކަށް ބަލާއިރު، މިއަހަރު ކަރަންޓް އެކަންޓް ޑެފިސިޓްވާނެ ކަމަށް ލަފާކުރާ
290 މިލިއަން ޑޮލަރު ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 10 އިންސައްތަ
އަންނަ އަހަރު 214 މިލިއަން ޑޮލަރަށް ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ
ނިސްބަތުގެ 6 އިންސައްތައަށް ދަށް ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.