ސިއްހަތު

ހެލްތު މާސްޓަރ ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ނިމޭނެ - ހެލްތ


އަލަށް
އެކުލަވާލެވޭ ހެލްތު މާސްޓަރ ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ނިއަލަށް ނިންމާލެވޭނެ
ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.އެމްބީސީގެ
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ
ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ، މިމާސްޓަރ ޕްލޭންގައި
އަލިއަޅުވާލާނީ ސަރުކާރުން ދޭ ސިއްޙީ ޚިދުމަތުގެ ނިޒާމަކަށް ނޫންކަމަށާއި އަމިއްލަ
ފަރާތްތަކުން ދޭ ސިއްޙީ ޚިދުމަތްތައްވެސް ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް
ހެދުމަށްޓަކައި ހެލްތު މާސްޓަރ ޕްލޭންގައި އަލިއަޅުވާލާނެކަމަށެވެ. އަދި
ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދާ ދިއުން މަދުކުރަން ޖެހޭކަމަށާއި
ބަލިމަޑުކަމާއި މީހުން މަރުވާ ރޭޓް ދަށްކުރަންވެސް ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން
މި މާސްޓަރ ޕްލޭންގައި ސްޕެޝަލިސްޓް ޚިދުމަތްތައް ރީޖަންތަކުގައި ދޭނެގޮތްތައް
ބަލާނެކަމަށް އާއިޝަތު ސާމިޔާ ވިދާޅުވިއެވެ.މިހާރު
އެކުލަވާލަމުންދާ ހެލްތު މާސްޓަރ ޕްލޭންގައި ރާއްޖޭގެ ސިއްޙީ ހާލަތު ބަދަލުވެގެން
އަންނަގޮތަށް ބަލާނެކަމަށާއި ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ހާލަތަށް އަންނަ
ބަދަލުތަކަކީ މުޅި މާހައުލަށް އަންނަ ބަދަލުތަކުން އަންނަ ބަދަލުތަކެއް ކަމަށް
ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ދަރިމައިވުމުގެ އުމުރަށް
ބަދަލުތަކެއް އައިސްފައިވާކަމަށާއި އުމުރުން ދުވަސްވީ މީހުންވެސް ގިނަވެފައިވާ ކަމަށް
އެމިނިސްޓްރީން ބުނެއެވެ.މީގެއިތުރުން
ރާއްޖޭގެ ބަލި މަޑުކަން ހުންނަ ގޮތް ބަދަލުވަމުންދާކަމަށާއި ރާއްޖޭގައި މީހުން
ގިނައިން މަރުވަނީ ގައިގަޔަށް ނާރާ ބަލިތަކުގައި ކަމަށް ހެލްތު މިނިސްޓްރީން
ބުނެއެވެ. ކުރިން ދަށްވަމުން އައިސްފައިވާ ބަލިތަކުގެ ތެރޭގައި ހިމެނޭ ޓީބީއާއި
ލެޕްރަސީ އިތުރުވާން ފަށާފައިވާ ކަމަށް ހެލްތު މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް
ހެދި ދިރާސާތަކުންވެސް ދައްކާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.