ޚަބަރު

ފާއިތުވި 5 އަަހަރުތެރޭ 3260 ހައުސިންގ ޔުނިޓް ނިންމާފައިވޭ - ހައުސިންގ މިނިސްޓަރ


ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި 3260 ހައުސިންގ ޔުނިޓް ޤާއިމުކޮށްފައިވާކަމަށް ހައުސިންގ މިނިސސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި ހައުސިން ޔުނިޓުތަކުގެތެރެއިން ގިނަތަންތަނުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، އަނެއްބައި ތަންތަން އޭގެ ޙައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ޙިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފާއިތުވި ފަސްއަަހަރުދުވަހު ޢުމްރާނީ ތަރައްޤީގެ އެކިއެކި މަސައްކަތްތަކަށް 7.7 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާކަމަށެވެ.

މީގެއިތުރުން ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރުޢުތަކަށް 3.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖުމްލަ ބަޖެޓުގެ %60 ޚަރަދުކޮށްފައިވަނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު ވިދާޅުވީ މާލެއާއި ވިލިނގިއްޔާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް ރޭވި މަޝްރުޢޫގެ ފީސިބިލިޓީ ސްޓްޑީސްވެސް ހަދާފައިވާކަށެވެ. މި މަޝްރޫޢު އިތުރަށްބަލައި އިންތިޚާބީ ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް މިނިސްޓަރވަނީ އެދި ވަޑައިގެންފައެވެ.

"ހުޅުމާލޭގައި ތިންކޮޓަރީގެ 1533 ހައުސިންގ ޔުނިޓް އެޅުމުގެ ޕްރޮޖެކްޓެއްވެސް އެބަ ކުރިއަށްދޭ. މިހާރު ފައުންޑޭޝަން މަސައްކަތްތައްވަނީ ނިމިފައި. މިއީ ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާ ޔުނިޓްތަކެއް"

ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ހައުސިންގ މިނިސްޓަރވަނީ އެމިނިސްޓްރީން ކުރިއަށްގެންގޮސްފައިވާ މަޝްރުޢުތަކުގެ ފޮޓޯއާއި މަޢުލޫމާތުހިމެނޭ ފޮތެއް ނެރެދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް މި ސަރުކާރުން 19ރަށުގެ މަގުހެދުމުގެ މަޝްރޫޢުއާއި، 82ރަށުގެ ބަނދަރާއި، 13ރަށެއްގެ ބިންހިއްކުމާއި، 12ރަށުގެ ތޮށިލުމާއި، 2ރަށެއްގެ ޖެޓީގެ މަޝްރޫޢު ނިންމާފައިވެއެވެ. މަލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް 9ޕާކުހެދުމާއި، ހައުސިން ޔުނިޓް އެޅުމުގެ ގިނަ މަޝްރުޢޫތައްވެސް ހިންގާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.