ޚަބަރު

ބޭސްފަރުވާއަށްފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި


ބޭސްފަރުވާ އަށް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރާއްޖެ ވަޑައިގެންފިއެވެ.

މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މައުމޫންގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރައީސް މައުމޫނަށް ތާޢީދުކުރައްވާ ގިނަ ބަޔަކު އެމަނިކުފާނަށް މަރުޚަބާ ދެންނެވިއެވެ.

ރައީސް މައުމޫން މިދިޔަމަހު ބޭސްފަރުވާއަށް މެލޭޝިޔާއަށް ވަޑައިގަތީ ފޯނު ނުދިންކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ހައިކޯޓުން ބާތިލުކޮށް، މިނިވަންވުމުންނެވެ.