ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި އަގުހެޔޮ ކޮށްފައިވާކަމަށެވެ. މި ބަދަލާއެކު ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11 ރުފިޔާ 99 ލާރިއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11 ރުފިޔާ 19 ލާރިއަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެސް.ޓީ.އޯއިން ޕެޓްރޯލް ލީޓަރެއް ވިއްކީ 11 ރުފިޔާ 33 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 12 ރުފިޔާ 9 ލާރިއަށެވެ.

އެސް.ޓީ.އޯއިން ތެލުގެ އަގު ހެޔޮކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެންކަމަށް އެކުންފުނިން ބުނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން މިދިޔަމަހު އެސް.ޓީ.އޯއިން ދެފަހަރަށް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.